Skip to main content

Posts

މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށްގެން ނުވާނެ!

މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށްގެން ނުވާނެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް މަންޒަރު ތަކަކީ ހިތާމަހުރި މަންޒަރު ތަކެކެވެ. ބައެއް ދަރިން، އެމީހުންގެ މައިންބަފައިންގެ ޢުމުރުން ދުވަސްވުމުން އަޅައިނުލައި ގެއިން ބޭރުކޮށްލާ މަންޒަރެވެ. މައިން ބަފައިން ބިކަ ހާލުގައި ޖައްސާ މަންޒަރެވެ. ދަރިން ތަނަވަސްކަންމަތީ ތިބެމެ އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން، ކައި ބޮއި އުޅޭ މަންޒަރެވެ. އަދި ޢުމުރުން ދުވަސްވެފައި ތިބި ތިމާގެ މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށް އުޅޭ މަންޒަރެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިގޮތަށް ކަންތައްކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި ލަހައްޓަވައިފި ނަމަ މުސްކުޅި ޢުމުރާ ކުރިމަތި ލާން ޖެހޭނޭކަން، ދަންނަން ޖެހޭނެވެ. ތިމާގެ ޙަޔާތުގައި މަންމަ ނުވަތަ ބައްޕަ ޢުމުރުން ދުވަސްވެ، ލޯ ބޯ ކޮށިވެފައިވާ ޙާލުގައި، އެ މީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެހޭނެއެވެ. އެބައިމީހުންނަށް އިޙްތިރާމު ކުރަންވާނެ އެވެ. އިސްލާމް ދީނުގައި އަޅުގަނޑުމެންނަށް އ...

ޤަތުލުކޮށް އިންސާނުންގެ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރުން ދެކެނީ، ވަރަށް އާދަގެ ކުޑަކުޑަ ކަމެއްގެ ގޮތުގައި: ހުކުރުޚުތުބާ

ޤަތުލުކޮށް އިންސާނުންގެ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރުން ދެކެނީ، ވަރަށް އާދަގެ ކުޑަކުޑަ ކަމެއްގެ ގޮތުގައިކަން މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ. ﷲ ޝުބުހާނަހޫ ވަތައާލާ ހެއްދެވި ގިނަ މަޚްލޫޤުންގެ މައްޗަށް އެކަލާނގެ ވަނީ އިންސާނާ މާތްކުރައްވައި، މަތިވެރި ކުރައްވައިފައެވެ. އުޑުތަކާއި، ބިމުގައި ވާހާއި ތަކެއްޗެއް، ﷲ ޝުބުހާނަހޫ ވަތައާލާ ވަނީ، އިންސާނާގެ ޚިދުމަތުގައި ލައްވައިފައެވެ. އެހެންކަމުން އިސްލާމް ދީނުގެ ނަޒަރުގައި، އިންސާނުންގެ ނަފްސަކީ، ވަރަށް ބޮޑަށް ޙުރުމަތްތެރި ވެގެންވާ އެއްޗެކެވެ. ޙައްޤަކާ ނުލައި ވަރަށް އިންސާނަކު ޤަތުލު ކުރުމަކީ، އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. ނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމައުން މިބޮޑު ފާފައަށް އަރައިގަތުން ދެކެނީ، ވަރަށް އާދަގެ ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ. އެއްވެސް ރަޙްމެއް ބިރުވެރިކަމެއް ނެތި، ޙުރުމަތްތެރި ކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫނެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ކުރުން ޙަރާމް ކުރައްވާފައިވާ އަމަލެއް ކަމުގައިވާ މުޘްލާ ކުރުމުގެ އަމަލު ކަމުގައިވާ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީއެވެ. މިއީ ކޮން...

މުއްސަދިންނާއި، ފަގީރުންނާއި، މޮޅާއި ދެރަ ލައްވާފައި ވަނީ، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ މިންވަރު ބެއްލެވުމަށް: ހުކުރުޚުތުބާ

މުއްސަދިންނާއިފަގީރުންނާއި، މޮޅާއި ދެރަ ލައްވާފައި ވަނީ، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ މިންވަރު ބެއްލެވުމަށެވެ. މާތް ﷲ އިންސާނާ އަށް ދުނިޔެ ދެއްވާފައިވަނީ، އިމްތިޙާނަށް ޓަކައެވެ. މުއްސަދިންނާއި، ފަގީރުންނާއި، މޮޅާއި ދެރަ ލައްވާފައި ވަނީ، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ މިންވަރު ބެއްލެވުމަށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.” ދުނީޔޭގެ އުފަލާއި އަރާމަކީ، ހިނދުކޮޅެއްގެ ކަމެކެވެ. ނިމުމެއް ނުވާ ނިޢުމަތްތައް ހުރީ އާޚިރަތުގައެވެ. ޙަޤީޤީ ބާއްޖަވެރިކަން ވަނީ އުޚްރަވީ ޙަޔާތުގައެވެ. މި ބާއްޖަވެރިކަން ޙާސިލުވާނީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހި ﷲއަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނަށެވެ. ޢުމުރުގެ ދުވަސްތައް ހެޔޮއަމަލު ކުރުމުގައި ހޭދަކުރާ މީހުންނަށެވެ. ފާފަތަކާ ދުރުހެލިވެ، ތައުބާވުން މަތީގައި ދެމިތިބޭ މީހުންނަށެވެ. ފުރިހަމަ ގޮތުގައި ދު...

އޭ އިންސާންއެވެ.

އޭ އިންސާން އެވެ. ތިބާ ހީކުރަނީ އަދަބުގެ އަބަދަށް މިވަގުތީ ދުނިޔޭގަ އި ތިބާާ އަށް ހުރެވޭނެ ކަމަށް ހެ އްޔެވެ.ހަމަ ހިލާ އެހެންނަކުން ނުވާނެ އެވެ. ތިބާ މަރުވާނޭ ދުވަސް ﷲގެ ހަޟްރަތުގަ އި ވަނީ ލިޔެވިފަ އެވެ. މި އަދު ތިބާ އަށް މޭފު އްފާފަ އި މިދުނިޔެ މަތީގަ އި އުޅެވިދާނު އެވެ.ނަމަވެސް މާދަމާ ﷲގެ ދަރުބާރުަށް ހާޟިރު ކުރޭވޭ އިރު ތިބާ އަކީ ނިކަމެތި މީހެކެވެ.

ރިބާ:ވަރުގަދަ އިންޒާރެއް!

﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ﴾ [سورة البقرة: 275] މާނައީ: “ވިޔަފާރި ކުރުން ވަނީ ، اللَّه ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ.” އެއީ މީގެ 1400 އަހަރަށްވުރެ ކުރިއެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) ބަޔާންކޮށްދެއްވަ މުންގެންދެވީ ޤިޔާމަތުގެ ޢަލާމާތްތަކެވެ. އެކަލޭގެފާނު ޚަބަރު ދެއްވަމުން ގެންދެވީ ކަންތައްތަކެއް މިއުންމަތުގެ މީހުންފަހު ޒަމާނުގައި ދެކޭނެކަމުގައެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމް ގޮތުގައިތޯ ބަލާނުލާނޭ ޒަމާނެއް މީސްތަކުންނާއި ބައްދަލުކުރާނެކަން ކަށަވަރެވެ.” މި ބަސްފުޅާއި މެދު ތިބާ ކުޑަކުޑަ ވަގުތު ކޮޅަކަށް ވިސްނަވާލައްވާށެވެ. މިއަދު މީސްތަކުންވަނީ މުދާ ހޯދާ ޖަމާކުރުމާއި ބައްކުރުމުގައި ޙަލާލްތޯ ނުވަތަ ޙަރާމްތޯ ބެލުން ދޫކޮށްލާފައެވެ. ވައްކަންކުރުމާއި، ފޭރުމާއި، ހަށިވިއްކުމުން އެއްބަޔަކު ފައިސާ ހޯދަމުން ދާއިރު އަނެއްބަޔަކު މަސްތުވާތަކެތި ވިއްކުމާއި، ބަނގުރަލާއި އޫރުމަހުންނަފާ ހޯދަމުން ގެންދަނީއެވެ. ރިޝްވަތުހިފުމާއި މަކަރާއި ހީލަތުން އަނެއްބަޔަކު ޖ...

Smoking and Vaping is dangerous to health.|Dr.Mohamed Ali - Physician|Dhivehi

މުސްލިމް އަޙުންނޭވެ!

މުސްލިމް އަޙުންނޭވެ! އިންސާން މަރުވެ,ކަށްވަޅަށް ދިއުމާހަމައިން ޤިޔާމަތުގެ މަރުޙަލާ ފެށުނީއެވެ.ކަށްވަޅު ވެގެންދަނީ އާޙިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށެވެ.މިމަންޒިލަށް އިންސާން ދާން މި ޖެހެނީ, އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެވެ. އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަަކީ ދުނިޔޭގައި ހުރިއިރު, އޭނާ ކޮށްފައިވާ ޢަމަލުތަކެވެ.ނަމަވެސް ދުނިޔޭގައި ނުބައި ޢަމަަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެނުބައި ޢަމަލުތަކެވެ. އެ ޢަމަލުތައް ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ.ޤިޔާމަތް މުވާހަމައަށް އެމީހަކު އޮންނަން ޖެހޭނީ އެބިރުވެރިކަ މާއިނާ މާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެން މެނުބައި ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ޚިލާއަފަށް ހެޔޮ ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ, ސުވަރުގޭގެ ބަގީޗާއަކަށެވެ. #ހުކުރުދުވަހުގެޚުޠުބާ