އޭ އިންސާން އެވެ.
ތިބާ ހީކުރަނީ އަދަބުގެ އަބަދަށް މިވަގުތީ ދުނިޔޭގަ އި ތިބާާ އަށް ހުރެވޭނެ ކަމަށް ހެ އްޔެވެ.ހަމަ ހިލާ އެހެންނަކުން ނުވާނެ އެވެ. ތިބާ މަރުވާނޭ ދުވަސް ﷲގެ ހަޟްރަތުގަ އި ވަނީ ލިޔެވިފަ އެވެ. މި އަދު ތިބާ އަށް މޭފު އްފާފަ އި މިދުނިޔެ މަތީގަ އި އުޅެވިދާނު އެވެ.ނަމަވެސް މާދަމާ ﷲގެ ދަރުބާރުަށް ހާޟިރު ކުރޭވޭ އިރު ތިބާ އަކީ ނިކަމެތި މީހެކެވެ.
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...

Comments
Post a Comment