މުސްލިމް އަޙުންނޭވެ!
އިންސާން މަރުވެ,ކަށްވަޅަށް ދިއުމާހަމައިން ޤިޔާމަތުގެ މަރުޙަލާ ފެށުނީއެވެ.ކަށްވަޅު ވެގެންދަނީ އާޙިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށެވެ.މިމަންޒިލަށް އިންސާން ދާން މި ޖެހެނީ, އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެވެ. އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަަކީ ދުނިޔޭގައި ހުރިއިރު, އޭނާ ކޮށްފައިވާ ޢަމަލުތަކެވެ.ނަމަވެސް ދުނިޔޭގައި ނުބައި ޢަމަަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެނުބައި ޢަމަލުތަކެވެ. އެ ޢަމަލުތައް ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ.ޤިޔާމަތް މުވާހަމައަށް އެމީހަކު އޮންނަން ޖެހޭނީ އެބިރުވެރިކަ މާއިނާ މާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެން މެނުބައި ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ޚިލާއަފަށް ހެޔޮ ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ, ސުވަރުގޭގެ ބަގީޗާއަކަށެވެ.
#ހުކުރުދުވަހުގެޚުޠުބާ
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...

Comments
Post a Comment