ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ދެމިގެންދާ އަދި އެންމެ ބޮޑަށް ސަމާލުކަން ދެވޭ އެއް މައްސަލައަކީ ފަލަސްތީނުގެ މައްސަލައެވެ. މި މައްސަލައިގައި ދިވެހިރާއްޖެއިން ވަނީ އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލައި، އެމީހުންނަށް ތާއީދުކޮށް އައިސްފައެވެ. ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މައްޗަށެވެ. ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް، އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލައިފައެވެ. އދ. ގެ މަޖިލީސްތަކުގައި ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ޙައްޤުގައި ވޯޓުދީ، އެ ޤައުމުގެ މިނިވަންކަމަށް ތާއީދުކޮށްފައެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައިވެސް ފަލަސްތީނު ރައްޔިތުންނާ މެދު ވަރަށް ބޮޑު ހަމްދަރުދީއެއް އޮވެއެވެ. ފަލަސްތީނުގައި ހިނގާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ދިވެހިރާއްޖޭގައި އެކި ފަހަރު މަތިން މުޒާހަރާތައް ބޭއްވި، ފަލަސްތީނު ރައްޔިތުންނަށް އެހީތެ...
އަޅުގަނޑުގެ ކުއްލި މަރުގެ ހަބަރު ތިބާއަށް އިވިއްޖެ ނަމަ,އަޅުގަނޑައް މާފު ކުރާށެވެ.އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވާށެވެ.