﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ﴾ [سورة البقرة: 275]
މާނައީ: “ވިޔަފާރި ކުރުން ވަނީ ، اللَّه ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ.”
އެއީ މީގެ 1400 އަހަރަށްވުރެ ކުރިއެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) ބަޔާންކޮށްދެއްވަ މުންގެންދެވީ ޤިޔާމަތުގެ ޢަލާމާތްތަކެވެ.
އެކަލޭގެފާނު ޚަބަރު ދެއްވަމުން ގެންދެވީ ކަންތައްތަކެއް މިއުންމަތުގެ މީހުންފަހު ޒަމާނުގައި ދެކޭނެކަމުގައެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
“ މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމް ގޮތުގައިތޯ ބަލާނުލާނޭ ޒަމާނެއް މީސްތަކުންނާއި ބައްދަލުކުރާނެކަން ކަށަވަރެވެ.”
މި ބަސްފުޅާއި މެދު ތިބާ ކުޑަކުޑަ ވަގުތު ކޮޅަކަށް ވިސްނަވާލައްވާށެވެ. މިއަދު މީސްތަކުންވަނީ މުދާ ހޯދާ
ޖަމާކުރުމާއި ބައްކުރުމުގައި ޙަލާލްތޯ ނުވަތަ ޙަރާމްތޯ ބެލުން ދޫކޮށްލާފައެވެ. ވައްކަންކުރުމާއި، ފޭރުމާއި، ހަށިވިއްކުމުން އެއްބަޔަކު ފައިސާ ހޯދަމުން ދާއިރު އަނެއްބަޔަކު މަސްތުވާތަކެތި ވިއްކުމާއި، ބަނގުރަލާއި އޫރުމަހުންނަފާ ހޯދަމުން ގެންދަނީއެވެ. ރިޝްވަތުހިފުމާއި މަކަރާއި ހީލަތުން އަނެއްބަޔަކު ޖީބުތައް ފުރަމުން ދާއިރުގައި ހުއްދަނޫން ތަފާތު ކުޅިވަރުތަކާއި މިޔުޒިކީ ހަރަކާތްތަކުން ލިބޭމަންފާއިން އަނެއްބަޔަކު އާމްދަނީ ހޯދަމުން ގެންދަނީއެވެ.ހަމަމިގޮތަށް ބެންކުތަކުން ތަފާތުނަންނަމުގައި ދޫކުރަ މުންދާ ބަރު އަދި ލުއި ލޯނުތަކުގެނަ މުގައި ރިބާގެ ނުރައްކާތެރި މުޢާ މަލާތަށް ގިނަބަޔަކު މިއަދު ވަނީ ހުށަހޮޅިފައެވެ. ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކުރައްވާ އިތުރު އެކަލޭގެފާނު (ﷺ) ޙަދީޘް ކުރެއްވިއެވެ.“ޤިޔާމަތާއި ދެމެދުގައި ރިބާ ފާޅުވާނެއެވެ.”އެގޮތުން ސުވާލަކީ ރިބާކާ މީހާއަކީ ކޮބައިތޯއެވެ؟ ރިބާކާ މީހާއަކީ މީހުންނަށް ދަރަނި ދީފައި، އެދަރަނި އަނބުރާ އަދާކުރާއިރު އިތުރު އެއްޗެއް އެމީހާގެ އަތުން ، އަތުލާ މީހާއެވެ. މި ޒަމާނަށް ބަލާއިރު ތަފާތު އެކި ބޭނުންތަކަށް ބޭންކުތަކުން ލޯނުދީފައި އަދާކުރާއިރު ވަކި ޕަސެންޓެއް އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ދެއްކުން އެއީ ސާފުރިބާއެވެ. އެމުޢާމަލާތެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށް މި އުންމަތުގެ މާތް ނަބިއްޔާގެ ދޫފުޅުން ލަޢުނަތް ދެއްވާފައިވާ މުޢާ މަލާތެކެވެ. ސަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ.ރިބާކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެލިޔާ މީހާއާއި، އެކަމަށް ހެކިވެރިވާ ދެ މީހުނަށް ރަސޫލުﷲ (ﷺ) ލަޢުނަތް ދެއްވިއެވެ.އަދި ހަދީޘް ކުރެއްވިއެވެ.“ މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.”އެހެންކަމުން ރިބާނައްތާލުމަކީ އެތައް ސަބަބު ތަކަކާއިހުރެ އިސްލާމީ އިޤުތިޞާދީ ނިޒާމުގެ އެންމެ މުހިންމުއެއް މަޤްޞަދެވެ. އޭގެ ފާފައިގެ ބޮޑުކަމާއި ދުނިޔެ މަތީގައި އަދި އާޚިރަތުގައި ވެސް ނިކަމެތިކަމާއި އަބާއްޖަވެރިކަން އޭގެ ސަބަބުން ލިބިގެންދާތީވެ ކީރިތި ޤުރުއާނުގައި ރިބާގެ އަހުލުވެރިން ޤިޔާމަތް ދުވަހު ތެދުވާނެގޮތް ބަޔާންކުރައްވައި ސިފަކޮށްފަވަނީ، ޝައިޠާނާ އެބައިމީހުންގެ ގައިގާ ބީހުމުގެ ސަބަބުން އަވަލާފައިވާ ބައެއްގެ ގޮތުގައެވެ.ކީރިތި ޤުރުއާނުގެ ގަދަ އަ މުރުފުޅުން ރިބާގެ އެން މެހާމުޢާ މަލާތްތައް ވަނީ ޙަރާމް ކުރައްވާފައިވެއެވެ. އަދި އުންމަތުގެ ހުރިހާ ޢިލްމުވެރިންގެ އިޖުމާޢުއެކަ މުގެމައްޗަށް ވަނީ ގެންނަވާފައެވެ.
ހިތާމަޔަކީމިފަދަ ނުރައްކާތެރިގޮތަކަށް އަމުރުފުޅުތައް އައިސްފައިވާއިރު ވެސް މީސްތަކުން މި ރިބާގެ މުޢާމަލާތްތަކާ މެދުފަރުވާ ކުޑަކޮށްފަވާކަމެވެ. ވިޔަފާރިއެއް ފެށުމަށް، ނުވަތަ ކޮން މެވެސް ޢިލްމެއް އުނގެނުމަށް، ނުވަތަ ގެދޮރުއި މާރާތްކުރުމަށް ރިބާގެ ލޯންތަކުގައި ސޮއިކުރަމުންދަނީ ރިޒުޤުދެއްވާ އިލާހުގެ އަމުރުފުޅައް ބެލު މެއްނެތިއެވެ.އެތައްބަޔަކު ބަނގުރޫޓުވެ، އެބައި މީހުންގެ މުދާތައް އަތުލެވި މި ރިބާގެ އަލިފާނުގެ މަޅީގައި ޖެހެ މުންދާތަން ކޮންމެ ދުވަހަކު ލޯކުރި މަތިން ފެންނަމުންދާއިރު ވެސް މީސްތަކުން މިވަނީ ޙަރާމް އިންތައް ފަހަނައަޅައި ގޮސްފައެވެ. ކަމަކީ ﷲ سُبْحَانَهُ وَ تَعَالَى އާއި ރަސޫލުﷲ (ﷺ)ގެ ފަރާތުން އެރިބާ ހުއްޓާ ނުލައިފިނަމަ ހަނގުރާމަކުރުން އަމުރުކުރައްވާފާނެ ކަމުގެ ޚަބަރު ޤުރުއާނުގައި ދެއްވާފައިވާ ނުރައްކާތެރި ކަމެކެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ﴾
[سورة البقرة: 278]
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި، ތިޔަބައިމީހުން މުއްމިނުންކަ މުގައިވާނަމަ، ރިބާގެ ތެރެއިންބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!”
﴿فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ﴾
[سورة البقرة: 279]
“ފަހެ، ތިޔަބައިމީހުން (ނަށްއަމުރުވެވިގެންވާ ގޮތަށް) ޢަމަލް ނުކޮށްފިނަމަ،اللَّهއާއި،އެކަލާނގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ!ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫޢަވެ ތައުބަ ވެއްޖެނަމަ ތިޔަބައި މީހުންގެ ރައްސުލް މާލްތައް،ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ.(އިތުރުކޮށްގެން) ތިޔަބައި މީހުން އަނިޔާވެރި ނުވާގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައި މީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.
”ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ރިބާގެ މި ބޮޑު ފާފައިގެ މައްޗަށް އަރައިގަތު މުގެ ކުރީގައި ތިބާ ވިސްނަވާށެވެ. ﷲގެ ދަރުބާރާއި ތިބާ ބައްދަލުކުރާއިރު ދުނިޔެ މަތީގައި ރިބާގެ މުޢާ މަލާތުގެ ތެރޭގައި ތައުބާނުވެ ވަނިކޮށް މަރުވެފައިވާ ޙާލު ތިބާ ބައްދަލުކުރަން ޖެހިއްޖެނަމަދައްކާނީ ކޮން އުޒުރެއްތޯއެވެ؟ޙަރާމް ފައިސާއިން ތިބާގެ ބަނޑު ފުރަމުން ނުދާށެވެ. އަދި ތިބާގެ އަނބި ދަރިންނަށް ޙަރާމް ތަކެތި ކާންދީ ނުހަދާށެވެ. އަދި ތިބާ ބޯހިޔާވަހިކަން ހޯދާ އެތަނެއްގައި ތިޔަ ނިދާ ތަނަކީ ޙަރާމް ފައިސާއިން ބިނާކޮށްފައިވާ ތަނެއްކަމުގައި ނުހަދާށެވެ. އިސްރާއާއި މިޢުރާޖުގެ ރޭގައި އިތުރު އެކަލޭގެފާނަށް ފެނިވަޑައިގަން މިމަންޒަރާ މެދު ތިބާ ވިސްނަވާށެވެ. އެކަލޭގެފާނު ދިގު ޙަދީޘެއްގައި ބަޔާންކޮށްދެއްވިއެވެ.“ އަދި ކޯރުގައި ފަތަމުން ހިލަތައް ދިރުވަމުން ދިޔަ މީހާއާއި މެދު ތިބާ ދަންނާށެވެ. ފަހެ ހަމަ ކަށަވަރުން އެއީ ރިބާކާ މީހާއެވެ
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...
Comments
Post a Comment