ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރަށް އަރައިގަންނަ މީހުން ރަސޫލާﷺގެ ވަޞިއްޔަތްތައް ހަނދުމަކުރައްވާ!: ހުކުރުޚުތުބާ
ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރަށް އަރައިގަންނަ މީހުން ރަސޫލާ ﷺ ވަޞިއްޔަތްތައް ހަނދުމަކުރެއްވުމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ. މުސްލިމުން ވާންޖެހޭނީ މަޑުމައިތިރި، ހިތްތިރި، ކަންކަމުގައި އަވަސް އަރައިނުގަން ބަޔަކަށެވެ. ރިވެތި އަޚްލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށެވެ. ރިވެތި އަޚުލާޤުގެ ވެރިންނަށް ޤިޔާމަތް ދުވަހުން ލިބެން ހުރި ޘަވާބާއި ދަރުމަ ބާޔަން ކުރައްވައި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ، މާނަގައިވަނީ: ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެފައި، ތިމަންކަލޭގެފާނާ އެންމެ އަރިސް މީހަކީ، ތިޔަބައިމީހުން ކުރެ އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ. އަދި ހަމަކަށަވަރުން ތިޔައިބައިމީހުންގެ ތެރެއިން އެދުވަހު ތިމަންކަލޭގެފާނު އެންމެ ރުހިވަޑައިނުގަންނަވާ، ތިމަންކަލޭގެފާނާ އެންމެ ދުރުގައިވާނެ މީހަކީ، ތިޔަބައިމީހުންގެ ކުރެ، ބޭކާރު ވާހަކަ ދައްކައި، މީހުން ދެރަކޮށްލުމުގެ ގޮތުން މަލާމަތްކޮށް އުޅޭ ބޮޑާ މީހާއެވެ.” މި ވަސިއްޔަތްތަކަށް އަހަރެމެން ފުރަގަސްދީފިނަމަ، ޤިޔާމަތް ދުވަހުން އަހަރެމެންނަށް...