މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށްގެން ނުވާނެ!
މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް މަންޒަރު ތަކަކީ ހިތާމަހުރި މަންޒަރު ތަކެކެވެ. ބައެއް ދަރިން، އެމީހުންގެ މައިންބަފައިންގެ ޢުމުރުން ދުވަސްވުމުން އަޅައިނުލައި ގެއިން ބޭރުކޮށްލާ މަންޒަރެވެ. މައިން ބަފައިން ބިކަ ހާލުގައި ޖައްސާ މަންޒަރެވެ. ދަރިން ތަނަވަސްކަންމަތީ ތިބެމެ އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން، ކައި ބޮއި އުޅޭ މަންޒަރެވެ. އަދި ޢުމުރުން ދުވަސްވެފައި ތިބި ތިމާގެ މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށް އުޅޭ މަންޒަރެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިގޮތަށް ކަންތައްކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި ލަހައްޓަވައިފި ނަމަ މުސްކުޅި ޢުމުރާ ކުރިމަތި ލާން ޖެހޭނޭކަން، ދަންނަން ޖެހޭނެވެ. ތިމާގެ ޙަޔާތުގައި މަންމަ ނުވަތަ ބައްޕަ ޢުމުރުން ދުވަސްވެ، ލޯ ބޯ ކޮށިވެފައިވާ ޙާލުގައި، އެ މީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެހޭނެއެވެ. އެބައިމީހުންނަށް އިޙްތިރާމު ކުރަންވާނެ އެވެ.
އިސްލާމް ދީނުގައި އަޅުގަނޑުމެންނަށް އަންގަވައިފައި ވަނީ، މައިންބަފައިންގެ ކުރިމަތީގައި އެންމެ ކުޑަމިނުން “އުއްފު” ވެސް ނުބުނުމަށެވެ. އަދި މައިންބަފައިންނަށް އަދަބު އިޙްތިރާމު އަދާކުރުމުގެ ގޮތުން އެބައިމީހުންގެ ކުރިމަތީގައި މަޑުމޮޅިވުމަށެވެ. އަދި މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރުމަށެވެ.
އަޅުގަނޑުމެން ކުރެ މީހެއްގެ މަންމަ ނުވަތަ ބައްޕަ މަރުވުމުން، އެމީހުންގެ ދަރިން އެމީހުންނަށް ކޮށްދެވޭނީ ކޮން ހެޔޮކަމެއްތޯ ބަލާނެއެވެ. މިގޮތުން ކޮށްދެވޭނެ ހެޔޮކަމަކީ އެ މީހުންނަށް ޓަކައި ހެޔޮ ދުޢާ ކޮށް ޞަދަޤާތް ކުރުމެވެ. މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި، އެބައިމީހުން ދުނިޔެދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމާއި، އެބައިމީހުންގެ ރަޙްމަތްތެރިންނާ އޮތްގުޅުން ދެމެހެއްޓުން ހިމެނެއެވެ.
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...
Comments
Post a Comment