Skip to main content

Posts

Showing posts with the label #ލޯބިވާ ބައްޕަ އެވެ! ނަމާދަށް ރައްކާތެރިވާށެވެ!

ލޯބިވާ ބައްޕަ އެވެ! ނަމާދަށް ރައްކާތެރިވާށެވެ!

ޚާލިޤްވަންތަ ﷲ ތަބާރަކަ ވަތަޢާލާ ބައްޕައަށާއި އެންމެހާ މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ނަމާދަށް ރައްކާތެރިވުމަށެވެ. އެއިލާހު ވަޙީކުރައްވަނީ “ حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى وَقُومُواْ لِلّهِ قَانِتِينَ (238) – البقرة – މާނައަކީ “ ތިޔަބައިމީހުން ނަމާދުތަކަށާއި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ.“ ވީއިރު ބައްޕަ ނަމާދަށް ރައްކާތެރި ނުވާތީ ކަންބޮޑުވަމެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ، ބައްޕައާއި އެކަލޭގެފާނުގެ އުއްމަތުގެ އެންމެހާ މީސްތަކުން ނަރަކައިން ސަލާމަތްވުމަށް އެދިވަޑައިގަންނަވާ މިންވަރުފުޅުގެ ބޮޑުކަމުން އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅުގައި އެންގެވީ ނަމާދަށް ރައްކާތެރިވުމަށެވެ. މިގޮތުން އެކަލޭގެފާނުގެ އެންމެފަހު ނޭވާފުޅުގައި ވިދާޅުވިއެވެ. “ الصلاة الصلاة . . . “ – أحمد – ”ނަމާދެވެ! ނަމާދެވެ!.“ އެބަހީ ނަމާދަށް ރައްކާތެރިވާށެވެ. އެހެންނަމަވެސް ބައްޕަގެ އަމިއްލަ ނަފްސް އެނަރަކައިން ސަލާމަތްކުރުމާމެދު ވ...