﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ﴾ [سورة البقرة: 275] މާނައީ: “ވިޔަފާރި ކުރުން ވަނީ ، اللَّه ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ.” އެއީ މީގެ 1400 އަހަރަށްވުރެ ކުރިއެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) ބަޔާންކޮށްދެއްވަ މުންގެންދެވީ ޤިޔާމަތުގެ ޢަލާމާތްތަކެވެ. އެކަލޭގެފާނު ޚަބަރު ދެއްވަމުން ގެންދެވީ ކަންތައްތަކެއް މިއުންމަތުގެ މީހުންފަހު ޒަމާނުގައި ދެކޭނެކަމުގައެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމް ގޮތުގައިތޯ ބަލާނުލާނޭ ޒަމާނެއް މީސްތަކުންނާއި ބައްދަލުކުރާނެކަން ކަށަވަރެވެ.” މި ބަސްފުޅާއި މެދު ތިބާ ކުޑަކުޑަ ވަގުތު ކޮޅަކަށް ވިސްނަވާލައްވާށެވެ. މިއަދު މީސްތަކުންވަނީ މުދާ ހޯދާ ޖަމާކުރުމާއި ބައްކުރުމުގައި ޙަލާލްތޯ ނުވަތަ ޙަރާމްތޯ ބެލުން ދޫކޮށްލާފައެވެ. ވައްކަންކުރުމާއި، ފޭރުމާއި، ހަށިވިއްކުމުން އެއްބަޔަކު ފައިސާ ހޯދަމުން ދާއިރު އަނެއްބަޔަކު މަސްތުވާތަކެތި ވިއްކުމާއި، ބަނގުރަލާއި އޫރުމަހުންނަފާ ހޯދަމުން ގެންދަނީއެވެ. ރިޝްވަތުހިފުމާއި މަކަރާއި ހީލަތުން އަނެއްބަޔަކު ޖ...
އަޅުގަނޑުގެ ކުއްލި މަރުގެ ހަބަރު ތިބާއަށް އިވިއްޖެ ނަމަ,އަޅުގަނޑައް މާފު ކުރާށެވެ.އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވާށެވެ.