Skip to main content

Posts

Showing posts with the label #އެންމެ ވަރުގަދަ ޝަޚްޞިއްޔަތު!

އެންމެ ވަރުގަދަ ޝަޚްޞިއްޔަތު!

މަލާމާތާއި، ފުރައްސާރައާއި ތުޙުމަތުގެ ދޫތަކުން އެބޭކަލެއްގެ އުޖާލާކަން ފަނޑުނުކުރެވުނު އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުން صلى الله عليه وسـلم. ހުރިހާ ޒަމާނެއްގައިވެސް ކާފަރުންގެ ދޫތަކުން ކެނޑިނޭޅި އެމާތް ޚުލްޤުގެ ޞަފްޙާތަކަށް ކުޅުޖަހަން މަސައްކަތް ކުރަމުން ދޭ. އެ ނަމޫނާގެ ފަތްފުށްތަކަށް ދޮގާއި މަކަރުގެ އިލްޒާމްތަކުގެ ނަޖިސްއެޅުމަށް މަސައްކަތްކުރަމުން ދޭ. އެހެންނަމަވެސް އެބޭކަލެއްގެ ތާރީޚް މުޅިދުނިޔޭގެ ތާރީޚްގައިވެސް އެންމެ ފުރިހަމައަށް ރައްކާކުރެވުނު އެމާތް ނަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެފަރާތަކަށް ލޯބިވެސްކުރާ ފަރާތް. ދުނިޔެއަށް ފޮނުވުނު އެންމެހާ މަޚްލޫޤުތަކުންގެ މައްޗަށް އެކަލޭގެފާނު ޚާއްސަވެ، މާތްކުރެވިފައިވަނީ އިލާހީ ނިޔާގެ ދަށުން. އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީވެސް އިއްވެވޭ ވަޙީއެއް ކަމުގައި ޤުރުއާނުގައި ބަޔާން ކުރެވުނު. ހަމައެހެންމެ އެކަލޭގެފާނު ފޮނުއްވުނީ ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާ ނިންމެވި އެންމެ ފަހުގެ ނަބިއްޔާކަމުގެ ސިއްކަ ޖެހެވިގެން. ނަބީކަން ޚަތިމް ކުރެއްވި ބޭކަލެއްގެ ގޮތުގައި. ހުރިހާ ޝަރަފަކާއި ޢިއް...