މުސްލިމް އަޙުންނޭވެ! އިންސާން މަރުވެ,ކަށްވަޅަށް ދިއުމާހަމައިން ޤިޔާމަތުގެ މަރުޙަލާ ފެށުނީއެވެ.ކަށްވަޅު ވެގެންދަނީ އާޙިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށެވެ.މިމަންޒިލަށް އިންސާން ދާން މި ޖެހެނީ, އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެވެ. އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަަކީ ދުނިޔޭގައި ހުރިއިރު, އޭނާ ކޮށްފައިވާ ޢަމަލުތަކެވެ.ނަމަވެސް ދުނިޔޭގައި ނުބައި ޢަމަަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެނުބައި ޢަމަލުތަކެވެ. އެ ޢަމަލުތައް ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ.ޤިޔާމަތް މުވާހަމައަށް އެމީހަކު އޮންނަން ޖެހޭނީ އެބިރުވެރިކަ މާއިނާ މާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެން މެނުބައި ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ޚިލާއަފަށް ހެޔޮ ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ, ސުވަރުގޭގެ ބަގީޗާއަކަށެވެ. #ހުކުރުދުވަހުގެޚުޠުބާ
އަޅުގަނޑުގެ ކުއްލި މަރުގެ ހަބަރު ތިބާއަށް އިވިއްޖެ ނަމަ,އަޅުގަނޑައް މާފު ކުރާށެވެ.އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވާށެވެ.