މިއަދު އިވެމުން ދަނީ ފަލަސްޠީނުގައި ތިބި ހުވަފަތް ވެފައިވާ އަންހެނުންގެ ގިސްލުމާއި ޔަތީމުވެފައި ތިބި ކުދިންގެ ރުއިމުގެއަޑު: ހުކުރުޚުތުބާ
މިއަދު އިވެމުން ދަނީ ފަލަސްޠީނުގައި ތިބި ހުވަފަތް ވެފައިވާ އަންހެނުންގެ ގިސްލުމާއި ޔަތީމުވެފައި ތިބި ކުދިންގެ ރުއިމުގެއަޑެވެ.
މިއަދު އިވެމުން ދަނީ ފަލަސްޠީނުގެ ކަންކޮޅުތަކުގައި ތިބި ހުވަފަތް ވެފައިވާ އަންހެނުންގެ ގިސްލުމުގެ އަޑެވެ. ޔަތީމުވެފައި ތިބި ކުދިންގެ ރުއިމުގެއަޑެވެ. ފަލަސްޠީނުގެ މުސްކުޅިންނާއި ކިރުބޯކުދީންގެ އާދޭސްތަކުގެ އަޑެވެ .ޤުދުސްގެ މަސްއަލައަކީ އިސްލާމް ދީން ވަކިނުކުރެވޭނެ މަސްއަލައެކެވެ. ޤުދްސަކީ މުސްލިމުންގެ ބިމެކެވެ. އިސްރާއީލާއި ޞިހްޔޫނީ މީޑިޔާގެ ސަބަބުން އެއީ ޔަހޫދީންގެ ބިމެއް ކަމުގައި ސާބިތުކޮށްދޭން މަސައްކަތް ކުރިޔަސް އެއީ ހަމަ ފަލަސްޠީނު މީހުންގެ ބިމެކެވެ. ކީރިތި ރަސޫލާ މުސްލިމުން ޔަހޫދީންނާ ހަނގުރާމަ ކުރާނެ ކަމުގެ ހެޔޮ ޚަބަރު ދެއްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްގެ މާނައީ: ”ޔަހޫދީ މީހާ ހިލަގަނޑުގެ ފަހަތަށް ވަދެ ފިލައި އޮންނަ ޙާލަތަށް ދާނދެން، ތިޔަބައިމީހުން ޔަހޫދީންނާ ހަނގުރާމަ ކުރާނެތެވެ. އެ ހިލަގަނޑު ބުނާނެތެވެ. އޭ ﷲގެ .މުސްލިމު އަޚާއެވެ! އަހުރެންގެފަހަތުގައި މިއޮތީ ޔަހޫދީއެކެވެ. ފަހެ އޭނާ ޤަތުލު ކުރާށެވެ!“
ފަލަސްޠީނުގެ މަސްއަލައަކީ ދާޚިލީ މަސްއަލައެއް ނޫނެވެ. އެއީ ޢަރަބިންގެ މަސްއަލައެއް ވެސް ނޫނެވެ. އެއީ ހުރިހާ މުސްލިމުންގެ މައްސަލައެކެވެ. މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފި ނަމަ، އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަ ދޭން ޖެހޭނެއެވެ. އެ ބިން މިނިވަންކުރުމަށް ޓަކައި، އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ޖެހޭނެއެވެ.

Comments
Post a Comment