Skip to main content

ރަސޫލުﷲ ﷺ: ކޮންފަދަ ކެތްތެރި ނަބިއްޔެއްތޯ؟

މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ.
ރަސޫލުﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި އެކަމަނާވަނީ ދެ ހިޖްރަކުރައްވާފައެވެ. އަވަހާރަވީ ރަސޫލުﷲ ﷺ ބަދުރު ހަނގުރާމައަށް ނުކުމެވަޑައިގެން މަދީނާއިން ބޭރުގައި ވަނިކޮށް ހިޖްރައިން ދެވަނަ އަހަރެވެ. އުއްމު ކުލްޘޫމް ރަޟިޔަﷲ ޢަންޙާ ރަސޫލުﷲ ﷺ ގެ ދަރިކަލުން ރުޤައްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމުން ދެން ޢުޘްމާނުގެފާނު ކައިވެނިބައްލަވައިގަތީ އުއްމު ކުލްޘޫމް ރަޟިޔަﷲ ޢަންހާ އާއެވެ. ޢުޘްމާނުގެފާނަށް ޛުއްނޫރައިނިގެ ލަޤަބު ލިބިވަޑަގެންނެވީ މިސަބަބަށްޓަކައެވެ. ފާޠިމާ ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ﷺ ގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންގެ ތެރެއިން އެކަލޭގެފާނު އަވަހާރަވީއިރު ދުނިޔޭގައި ހުންނެވީ ހަމައެކަނި ފާޠިމަތުގެފާނެވެ. އެހެންނަމަވެސް ރަސޫލުﷲ ﷺ އަވަހާރަވުމަށްފަހު މާގިނަ ދުވަހެއްނުވެ އެކަމަނާވެސް އަވަހާރަވެއްޖެއެވެ. ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ގިނަ ބޭފުޅުންތަކެއް އަވަހާރަވުމަކީ ޔަޤީނުންވެސް އެކަލޭގެފާނުގެ ހިތްޕުޅަށް ވަރަށް އަސަރުކުރުވާނެކަމެކެވެ. އެކަލޭގެފާނުގެ ކެތްތެރިކަން ހިތައް ގެނެވޭތޯއެވެ. ﷺ Reference: https://ilm.mv/7421/

Comments