ބުއްދިވެރިޔަކީ މާތްﷲ އެންގެވިގޮތަށް ދުނިޔޭގެދުވަސްތަށް ހޭދަކުރެވޭތޯ މަސައްކަތް ކުރާމީހާއެވެ. މުއްސަޖެއް ވިޔަސް ފަޤީރެއްވިޔަސް ވަަޒީރެއް ވިޔަސް އަދި ރައީސެއްވިޔަސް މިދުނިޔޭގެ މުސީބާތްތަކަކުން ސަލާމަތެއް ނުވެވޭވެއެވެ. އެހެންޏާ ތިމާގެ ސިއްހީ މައްސަލައެވެ. ނުވަތަ ތިމާގެ އާއިލުގެ މައްސަލައެވެ. ނުވަތަ މުދަލާއި ފައިސާގެ މައްސަލައެވެ. ނުވަތަ މުޖުތަމަޢުގެ މައްސަލައެވެ.
ވަގުތީ ހިތްހަމަޖެހުޅަކާއި ވަގުތީ އަރާޅެއްލި ބުނެއްކަޅަކު އެއީ ފިސާރި ކުޑަހިދުކޮޅެއްގެ ކަމެކެވެ.އާއެކެވެ!ބުއްދިވެރިޔަކީ މާތްﷲ އެންގެވިގޮތަށް ދުނިޔޭގެދުވަސްތަށް ހޭދަކުރެވޭތޯ މަސައްކަތް ކުރާމީހާކަން ޔަޤީންނެވެ.
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...

Comments
Post a Comment