މިއުޒިކާއި ލަވައިގެ ޙުކުމް – 1
الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
“المعازف” އަކީ معزفةގެ ގިނަ ގޮތެވެ. އެއީ މިއުޒިކުގެ އާލާތްތަކެވެ. [فتح الباري 10/55] އަދި އެއީ އޭގެން (މިއުޒިކު) ކުޅެވޭ އާލާތްތަކެވެ. [المجموع 11/577]
އަލްޖައުހަރީ رحمه اللهގެ އަރިހުން އަލްޤުރްޠުބީ رحمه الله ރިވާކުރައްވާފައިވެއެވެ. “المعازف” އަކީ ލަވަކިޔުމެވެ. އަދި އެކަލޭގެފާނުގެ ޞިޙާޙުގައި ވަނީ އެއީ މިއުޒިކު ކުޅޭ އާލާތްތައް ކަމެވެ.
އަދި ބުނެވެއެވެ. އެއީ އެއާލާތްތަކުގެ އަޑުތަކެވެ.
އަދި އަލްޙަވާޝީގައި އައްދިމްޔާޠީ رحمه الله ވިދާޅުވެފައިވެއެވެ.
“المعازف” ވަނީ ތާރައިން (Tambourine) ނުވަތަ އެފަދައިން ޖެހުމަށް ބޭނުންކުރާ ތަކެތިންނެވެ. [فتح الباري 10 / 55]
* ޤުރުއާނާއި ސުންނަތުން ޙަރާމް ވެގެންވާކަމުގެ ދަލީލުތައް:
– ލުޤުމާން ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]
މާނައީ: “ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ…”
މިއުންމަތުގެ ޢިލްމުވެރިޔާ، އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ.
“އެއީ ލަވަކިޔުމެވެ.”
އަދި މުޖާހިދު رحمه الله ވިދާޅުވެފައިވެއެވެ.
“اللهو އަކީ ބެރެވެ.”
[تفسير الطبري 21 / 40]
އަދި އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވެފައިވެއެވެ.
“މިއާޔަތް ބާވައިލެއްވުނީ ލަވަކިޔުމާއި މިއުޒިކުގެ އާލާތްތަކާ ބެހޭގޮތުންނެވެ.” [تفسير ابن كثير 3 / 451]
އަދި އައްސަޢުދީ رحمه الله ވިދާޅުވެފައިވެއެވެ.
“ފަހެ މީގެ ތެރެއަށް ހުރިހާ ޙަރާމް ވާހަކަތަކެއް ވަދެއެވެ. އަދި ހުރިހާ ދޮގު ވާހަކަތަކާއި، ބާޠިލު ވާހަކަތަކާއި، އަދި ކުފުރާއި ނުކިޔަމަންތެރިކަމަށް މަގުފަހިކޮށްދޭ ވާހަކަތަކުގެ ތެރެއިން ހުރިހާ ދެކޮޅު ނުޖެހޭ ވާހަކަތަކެވެ. އަދި ޙައްޤާއި ދެކޮޅަށް، ޙައްޤުގޮތް ބަލިކޮށްލުމުގެ ގޮތުން ދައްކާ ވާހަކަތަކެވެ. އަދި ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، މަލާމާތްކުރުމާއި، ޒުވާބުކުރުމެވެ. އަދި ލަވަކިޔުމާއި ޝައިޠާނާގެ ދުންމާރިތަކެވެ. އަދި ދީނާއި ދުނިޔޭގައި އޭގެން ފައިދާއެއް ނުކުރާ މިއުޒިކުގެ އާލާތްތަކެވެ.” [تفسير السعدي 6 / 150]
އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.
“اللهو އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ [سورة لقمان ٦] ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ.” -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ.- އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ…” [إغاثة اللهفان 1 / 258]
– އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ…﴾ [سورة الإسراء ٦٤]
މާނައީ: ““އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ހެއްލުންތެރިކުރުވާށެވެ.”.”
މުޖާހިދު رحمه اللهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
” ““އެއުރެންގެ ތެރެއިން ކަލޭގެއަށް ކުޅަދާނަވީ ބަޔަކު ކަލޭގެ އަޑުން ދުރުކުރުވާށެވެ.” ވިދާޅުވިއެވެ. “(މިއާޔަތުގައި) އޭނާގެ އަޑަކީ ލަވަކިޔުމާއި ބާޠިލު ވާހަކަތަކެވެ.”.”
އިބްނުލްޤައްޔިމް رحمه الله ވިދާޅުވިއެވެ.
“… ފަހެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ނޫން ގޮތެއްގައި ވާހަކަ ދައްކާ ކޮންމެ މީހަކު ނުވަތަ ފުމެގެން އަޑު ނެރޭ އާލާތްތައް ނުވަތަ ފުމޭ އޮނު (flute) ނުވަތަ ޙަރާމް ވައްތަރުތަކުގެ ތާރަ ނުވަތަ ބެރު އެއީ ފަހެ ޝައިޠާނާގެ އަޑެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ހިނގާފައިދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ލަޝްކަރުގައިވާ މީހެކެވެ. އަދި އެއިލާހަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ސަވާރުވެގެންދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ސަވާރަވުމުގެ ތެރެއިންވާ މީހެކެވެ. ސަލަފުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެއީ އިބްނު އަބީ ޙާތިމް، އިބްނު ޢައްބާސްގެ އަރިހުން ޛިކުރު ކުރައްވާފައިވާ ފަދައިންނެވެ: އޭނާގެ ލަޝްކަރަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމަށް ހިނގާފައިދާ ކޮންމެ މީހެކެވެ.” [إغاثة اللهفان]
ނުނިމޭ
މިއުޒިކާއި ލަވައިގެ ޙުކުމް – 2
الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
– އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿أَفَمِنْ هَـٰذَا الْحَدِيثِ تَعْجَبُونَ * وَتَضْحَكُونَ وَلَا تَبْكُونَ * وَأَنتُمْ سَامِدُونَ﴾ [سورة النجم ٥٩-٦١]
މާނައީ: ” ފަހެ، ތިޔަބައިމީހުން ޢަޖާއިބުވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރުއާނާމެދުގައި) ހެއްޔެވެ. [59، 60] އަދި ތިޔަބައިމީހުންވަނީ، ލަވަކިޔުމުގައެވެ. [61]”
ޢިކްރިމާ رحمه الله ވިދާޅުވެފައިވެއެވެ.
“އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޙިމްޔަރު[1] ބަހުގައި السُّمُودُ[2]އަކީ ލަވަކިޔުމެވެ. ބުނެއެވެ. “اسْمِدِي[3] لَنَا.”[4] އެބަހީ: ލަވަކިޔުމެވެ.”
އަދި އެކަލޭގެފާނު رحمه الله ވިދާޅުވެފައިވެއެވެ.
“އެބައިމީހުންނަށް (އެބަހީ: ކާފިރުންނަށް) ޤުރުއާން ކިޔެވޭ އަޑު އިވޭ ހިނދު އެބައިމީހުން ލަވަކިޔާކަމުގައިވެއެވެ. ފަހެ ދެން މިއާޔަތް ބާވައިލެއްވުނެވެ.”
އަދި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ.
“ﷲ ތަޢާލާގެ މި ބަސްފުޅު ﴿وَأَنتُمْ سَامِدُونَ﴾ [سورة النجم ٦١]، އާއި މެދު އިބްނު ޢައްބާސްގެ އަރިހުން ސުފަޔާނުއް ޘައުރީގެ ބައްޕާފުޅު ރިވާކުރެއްވިކަމަށް އެކަލޭގެފާނު (ސުފްޔާނުއްޘައުރީ) ވިދާޅުވެފައިވެއެވެ. “އެއީ ލަވަކިޔުމެވެ. އެއީ ޔަމަނީ ބަހުރުވައިންނެވެ. اسمد لنا އެބަހީ: غنِّ لنا. [މާނައީ: އަހަރެމެންނަށް ލަވަކިޔައިދޭށެވެ.] ޢިކްރިމާ ވެސް ވިދާޅުވެފައިވަނީ އެފަދައިންނެވެ.” [تفسير ابن كثير]
– އަބޫ އުމާމާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَا تَبِيعُوا القَيْنَاتِ، وَلَا تَشْتَرُوهُنَّ، وَلَا تُعَلِّمُوهُنَّ، وَلَا خَيْرَ فِي تِجَارَةٍ فِيهِنَّ، وَثَمَنُهُنَّ حَرَامٌ، فِي مِثْلِ هَذَا أُنْزِلَتْ هَذِهِ الآيَةُ: ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦] )) [رواه الترمذي وحسنه الألباني]
މާނައީ: “ލަވަކިޔާ އަންހެން އަޅުން ނުވިއްކާށެވެ. އަދި އެމީހުން ނުގަންނާށެވެ. އަދި އެމީހުންނަށް (ލަވަ) އުނގަންނައި ނުދޭށެވެ. އަދި އެމީހުން ގަނެވިއްކުމުގައި ކުރެވޭ ވިޔަފާރީގައި ހެވެއް ނުވެއެވެ. އަދި އެމީހުންގެ އަގު ޙަރާމްވެގެންވެއެވެ. މިއާޔަތް ބާވައިލެއްވުނީ އެފަދަ ކަންކަމާ ގުޅޭ ގޮތުންނެވެ.
﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]
މާނައީ: “ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ…””
– ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ…)) [رواه البخاري برقم 5590 ، ووصله الطبراني والبيهقي ، وراجع السلسلة الصحيحة للألباني 91]
މާނައީ: ” ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެއެވެ…”
އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.
“މިއީ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މުޢައްލަޤު އަދި މަޖްޒޫމްގޮތުގައި ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: ރާ ޙަލާލުކޮށް، އެއަށް އޭގެ ނަން ފިޔަވާ އެހެން ނަމެއް ދޭނެމީހުންގެ ވާހަކަ ނަންގަތް ބާބު.”
މިއުޒިކު ކުޅޭ އާލާތްތަކާއި މިއުޒިކުން އުފާ ޙާޞިލުކުރުން ޙަރާމްވާ ދެގޮތެއް މިޙަދީޘުން ދަލީލުކޮށްދެއެވެ.
ފުރަތަމައީ: ރަސޫލުﷲ صلى الله عليه وسلمގެ ބަސްފުޅު ((يَسْتَحِلُّونَ)) [އެބަހީ: ޙާލާލުކުރާނެ]އެވެ. ފަހެ ހަމަކަށަވަރުން ޛިކުރުކުރެވިފައިވާ ކަންތައްތަކަކީ، އޭގައި މިއުޒިކު ކުޅޭ އާލާތްތައްވެސް ހިމެނޭ ގޮތުން، ޝަރުޢުގައި ޞަރީޙަކޮށް ޙަރާމްކުރައްވާފައިވާ ކަންތައްތަކެވެ. އެބައިމީހުން ފަހެ އެކަންތައްތައް ޙަލާލުކުރާނެއެވެ.
ދެވަނައީ: ކަނޑައެޅިގެން އެއީ ޙަރާމް ކަންތައްތައްކަމުގައި އެނގެންހުރި ޒިނޭއާއި ރާފަދަ ކަންކަމާއެކު މިއުޒިކުކުޅޭ އާލާތްތަކުގެ ވާހަކަ ގެންނަވާފައިވުމެވެ. (މިއުޒިކު ކުޅޭ އާލާތްތައް) އެއީ ޙަރާމް އެއްޗެހި ކަމުގައި ނުވާނަމަ ޙަރާމް ތަކެއްޗާއެކު ގެންނަވާފައި އެވަނީ ކީއްވެ ހެއްޔެވެ؟ [ السلسلة الصحيحة للألباني 1/140-141 بتصرف]
ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) رحمه الله ވިދާޅުވެފައިވެއެވެ.
“ފަހެ، المعازف ޙަރާމް ކަމަށް މިޙަދީޘުން ދަލީލު ކޮށްދެއެވެ. ބަހުގެ އަހުލުވެރިންގެ އަރިހުގައި المعازف އަކީ މިއުޒިކު ކުޅޭ އާލާތްތަކެވެ. މިނަން ބޭނުން ކުރެވެނީ މިފަދަ ހުރިހާ އާލާތްތަކަށެވެ.” [المجموع 11/535]
އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.
“މިބާބުގައި ސަހްލު ބުން ސަޢުދު އައްސާޢިދީ، ޢިމްރާން ބުން ޙުޞައިން، ޢަބްދުﷲ ބުން ޢަމްރު، ޢަބްދުﷲ ބުން ޢައްބާސް، އަބޫ ހުރައިރާ، އަބޫ އުމާމާ އަލްބާހިލީ، އުންމުލްމުއުމިނީން ޢާއިޝާ، ޢަލީ ބުން އަބޫޠާލިބު، އަނަސް ބުން މާލިކު، ޢަބްދުއްރަޙްމާން ބުން ސާބިޠު އަދި އަލްޣާޒީ ބުން ރަބީޢާގެ އަރިހުން މިފަދައިން ރިވާވެގެން އައިސްފައިވެއެވެ.”
ދެން އެއަށްފަހު إغاثة اللهفانގައި އެކަން ޛިކުރު ކުރައްވާފައިވެއެވެ. އެތަކެތި ޙަރާމްވެގެންވާކަމަށް އެއިން ދަލީލު ލިބެއެވެ.
ނުނިމޭ
_______________________________________
[1] ޙިމްޔަރު ބަހަކީ ޔަމަނުގައި ވާހަކަ ދައްކާ އުޅުނު ބަހެކެވެ.
[2] السُّمُودُ އަކީ سَامِدُونގެ އިސްމުލްފިޢުލެވެ. މިތަނުގައި އޭގެ މާނައަކީ “ޙަޔާތުގެ އަގުހުރި ވަޤުތުތައް ކުޅިވަރާއި މަޖަލުގައި (ލަވަކިޔުމުގައި) ބޭކާރުކޮށްލުމެވެ.”
[3] اسْمِدِيގެ މަޞްދަރަކީ سُمُودއެވެ.
[4] “އަހަރެމެންނަށް ލަވަކިޔައިދޭށެވެ.”
މިއުޒިކާއި ލަވައިގެ ޙުކުމް – 3
الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
* މިއުޒިކާ ބެހޭގޮތުން ޢިލްމުވެރިންގެ ބަސްފުޅުތައް:
– އަލްޤާސިމް رحمه الله ވިދާޅުވެފައިވެއެވެ:
“ލަވަކިޔުން ވަނީ ބާޠިލުގެ ތެރެއިންނެވެ.”
އަދި އަލްޙަސަން رحمه الله ވިދާޅުވެފައިވެއެވެ:
“ހަމަކަށަވަރުން ކައިވެނި ވަލީމާގައި މިއުޒިކުވާނަމަ އެދަޢުވަތު ބަލައިގަތުމެއް ނުވެއެވެ.”
[الجامع للقيرواني ص 262-263 ]
– ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ:
“ހަތަރު އިމާމުންގެ މަޛްހަބަކީ ހަމަކަށަވަރުންވެސް މިއުޒިކުކުޅޭ ހުރިހާ އާލާތްތައް ޙަރާމްވެގެންވުމެވެ. ޞަޙީޙު ބުޚާރީއާއި އަދި އެނޫން ފޮތްތަކުން ޘާބިތުވާގޮތުގައި ރަސޫލުﷲ صلى الله عليه وسلمގެ އުންމަތުގެ މީހުންގެ ތެރެއިން ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެކަމަށް އެކަލޭގެފާނު ޚަބަރު ދެއްވާފައިވެއެވެ. އަދި އެބައިމީހުން ރާމާމަކުނުތަކަކާއި އޫރުތަކަކަށް ބަދަލުކުރެއްވޭނެކަމުގައި އެކަލޭގެފާނު ޛިކުރުކުރައްވާފައިވެއެވެ… އަދި އެއިމާމުންނަށް ތަބަޢަވީ ބޭކަލުން މިއުޒިކުގެ މައްސަލައިގައި ޚިލާފުވެފައެއް ނުވެއެވެ.” [المجموع 11 / 576 ]
– އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ:
“މިއުޒިކުކުޅޭ ހުރިހާ އާލާތްތައް ޙަރާމްކަމަށް ހަތަރު މަޛްހަބުގައި އިއްތިފާޤުވެފައިވެއެވެ.” [الصحيحة 1 / 145 ]
– އިބްނު ޢަބްދުލްބައްރު رحمه الله ވިދާޅުވެފައިވެއެވެ:
“އާމުދަނީ ހޯދުމަށް ކުރާ ކަންތައްތަކުގެ ތެރެއިން، އެއީ ޙަރާމް ކަންތައްތައްކަމުގައި އިއްތިފާޤުވެފައިވާ ކަންތައްތަކުގެ ތެރޭގައި ރިބާއާއި، ޒިނޭކުރާ މީހާގެ އަގާއި، ހުއްދަ ނޫން ކޮންމެ އެއްޗަކާއި، ރިޝްވަތާއި، މައްޔިތާގެ މައްޗަށް ރޮއެގެންނާއި، ލަވަކިޔައިގެންނާއި، ކާހިނުކަމުންނާއި، ޣައިބު އެނގޭކަމަށް ދަޢުވާކޮށްގެންނާއި، އިރުވަރުބެލައިގެންނާއި، އޮނަށް ފުމެގެންނާ އަދި އެންމެހާ ބާޠިލު ކުޅިވަރުތަކުން ނަގާ އުޖޫރަ ހިމެނެއެވެ.” [الكافي]
– އިމާމް ޝާފިޢީ رحمه اللهގެ މަޛްހަބު ބަޔާންކުރައްވަމުން އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ:
“އެކަލޭގެފާނުގެ މަޛްހަބު އެނގިލައްވާ އަޞްޙާބުން އެތަކެތި ޙަރާމްކަމަށް އެއްބަސްވެލައްވައެވެ. އަދި އެތަކެތި ޙަލާލު ކަމަށް ބުނާ މީހުންނަށް އިންކާރުކުރައްވައެވެ.” [إغاثة اللهفان 1 /425 ]
މިއުޒިކު ކުޅޭ އާލާތްތަކުގެ ތެރެއިން ފުމޭ އޮނާއި އަދި އެނޫންވެސް ތަކެތި އެއީ މުންކަރު ތަކެތި ކަމަށާއި، އެތަނުގައި ޙާޟިރުވެ ހުންނަ މީހަކު އެކަމަށް އިންކާރުކުރަން ޖެހޭނެކަމަށް ޝާފިޢީ މަޛްހަބުގެ ބޭފުޅުންގެ ތެރެއިން އަލްކިފާޔަތުލްއަޚްބާރުގައި ތަޤިއްޔުއްދީން އަބޫ ބަކްރު ބުން މުޙައްމަދު އަލްޙުސައިނީ ވިދާޅުވެފައިވެއެވެ.
– އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ:
“އަދި އިމާމް އަޙްމަދުގެ މަޛްހަބާއި ބެހޭގޮތުން އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވެފައިވެއެވެ. ލަވަކިޔުމާ ބެހޭގޮތުން ތިމަންގެ ބައްޕައާއި ސުވާލުކުރީމެވެ. ފަހެ ވިދާޅުވިއެވެ. “ލަވަކިޔުމުން ހިތުގައި ނިފާޤުކަން އުފެދެއެވެ. ތިމަންކަލޭގެފާނު އެއާ ގަޔާނުވެއެވެ.” ދެން އެއަށްފަހު އިމާމް މާލިކުގެ ބަސްފުޅު ޛިކުރު ކުރެއްވިއެވެ. “ހަމަކަށަވަރުން އެކަން ކުރަނީ އަހަރެމެންގެ ތެރެއިން ފާސިޤުންނެވެ.”” [إغاثة اللهفان]
އަދި އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ:
“މިއުޒިކު ކުޅޭ އާލާތްތައް އުފެއްދުން ހުއްދަވެގެން ނުވެއެވެ.” [المجموع 22 / 140 ]
ނުނިމޭ
މިއުޒިކާއި ލަވައިގެ ޙުކުމް – 4
الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
* ޞަޙާބީންނާއި ތާބިޢީން ލަވަކިޔާ އަޑު އެއްސެވިކަމަށާއި އެކަމުގައި މައްސަލައެއް އޮތްކަމަށް އެބޭކަލުން ދެކެވަޑައިނުގަންނަވާކަމަށް ބައެއް މީހުން ބުނެއެވެ!!
– އަލްފައުޒާން حفظه الله ވިދާޅުވެފައިވެއެވެ:
“އަޅުގަނޑުމެން އެބައިމީހުންގެ ކިބައިން އެދެނީ ޞަޙާބީންނާއި ތާބިޢީންގެ ކިބައިން އެކަން ޘާބިތުވާކަމުގެ ޞައްޙަ ސަނަދުތައް ގެނެސްދިނުމަށެވެ.”
ދެން އެއަށްފަހު ވިދާޅުވެފައިވެއެވެ:
“ޢަބްދުﷲ ބުން އަލްމުބާރަކް ވިދާޅުވިކަމަށް ޞަޙީޙު މުސްލިމުގެ މުޤައްދިމާގައި އިމާމް މުސްލިމް ޛިކުރު ކުރައްވާފައިވެއެވެ. “އިސްނާދު(ސަނަދުތައް)ވަނީ ދީނުގެ ތެރެއިންނެވެ. އިސްނާދު ނުވާނަމަ ބޭނުން މީހަކު ބޭނުން އެއްޗެއް ކިޔާފާނެއެވެ.”
* ލަވަކިޔުން ޙަރާމްކަމަށް އައިސްފައިވާ ހުރިހާ ޙަދީޘެއްވަނީ ކުށްތަކުން ފުރިފައިކަމުގައި ބައެއް މީހުން ބުނެއެވެ!! ޙަދީޘް ޢިލްމުވެރިންގެ ފާޑު ކިޔުންތަކުން ސަލާމަތްވެފައިވާ އެއްވެސް ޙަދީޘެއްނުވެއެވެ.
– އިބްނު ބާޒް حفظه الله ވިދާޅުވެފައިވެއެވެ:
“މިއުޒިކު ޙަރާމް ކަމަށް ވާރިދުވެފައިވާ ހުރިހާ ޙަދީޘްތަކަކީ އެބައިމީހުން ދަޢުވާކުރާ ފަދައިން ކުށްތަކުން ފުރިފައިވާ ޙަދީޘްތަކެއް ނޫނެވެ. ﷲ ތަޢާލާގެ ފޮތް ފިޔަވާ އެންމެ ޞައްޙަ ފޮތްކަމުގައިވާ ޞަޙީޙުލްބުޚާރީގައިވާ ޙަދީޘްތައް އޭގެ ތެރޭގައިވެއެވެ. އަދި ޙަސަން ޙަދީޘާއި ޟަޢީފް ޙަދީޘްވެސް ވެއެވެ. އަދި ތަފާތު ގިނަ ސަނަދުތަކުން އެޙަދީޘްތައް ރިވާވެގެން އައިސްފައިވުމުން އެއީ ލަވަކިޔުމާއި މިއުޒިކުކުޅޭ އާލާތްތައް ޙަރާމްކަމަށް އޮތް ހެއްކެކެވެ.”
والله أعلم ، وصلى الله وسلم وبارك على رسوله الذي وضح سبيل المؤمنين ، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين .
ނިމުނީ
Reference:
https://dhisalafiyyah.net/article/21691
https://dhisalafiyyah.net/article/21762
https://dhisalafiyyah.net/article/21788
https://dhisalafiyyah.net/article/21907
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...




Comments
Post a Comment